ގދ. ވާދޫ ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލައިފިއެވެ.
ދި ޑެއިލީއަށް ވާދޫގެ ބޭފުޅަކު މަޢުލޫމާތު ދިން ގޮތުގައި، ފެނަކައިން މިހާރުވަނީ ކައުންސިލް އިދާރާގެ ކަރަންޓު ބިލް ނުދެއްކުމުގެ ސަބަބުން ކަރަންޓު ކަނޑާލާފައެވެ. އަދި މި ވަގުތު ވާދޫ ކައުންސިލްއިން 5 މަހަށްވުރެ ގިނަ ދުވަހުގެ ބިލްތައް ނުދައްކާކަމަށްވެސް ވަނީ މަޢުލޫމާތުލިބިފައެވެ.
މިކަމާ ގުޅިގެން ފެނަކައިން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު، މީސް މީޑިޔާގައި މިކަން ހިނގާފައިވާކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.