ރާއްޖޭގެ އިޤުތިސާދު އިނދަ ޖައްސާލުމުގެ ބޭނުމުގައި އިދިކޮޅު ކޯލިޝަނުން ބަންގުލަދޭޝް މީހުންނާއެކު މަނީ ލޯންޑްރީ ހިންގަމުން އަންނަކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ތުހުމަތުކުރައްވައިފިއެވެ.
ޝިފާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ އިޤުތިސާދު އިނދަ ޖައްސައިލުމުގެ ބޭނުމުގައި ބަންޤުލަދޭޝް މީހުންނާއެކު މަނީ ލޯންޑްރީ ހިންގަމުން އަންނަނީ ކުރެޑިޓް ކާޑުތަށް ބޭނުންކޮއްގެންކަމަށެވެ.
މި ގޮތުން މިކަންތައްތައް ތަޙުޤީޤުކޮށް ވަގުތުން މިކަން ހުއްޓުވަންޖެހޭކަމަށް ވެސް ޝިފާޢު ވިދާޅުވިއެވެ. އަދި
އެ ޢަމަލުތަށް ހިންގިފަރާތްތަށް ހިފާ ހައްޔަރުކުރުމަށް ވެސް ޝިފާޢު ވަނީ ގޮވައިލައްވާފައެވެ.
މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ޕޮލިސް ސަރވިސްއާއި ބޭންކް އޮފް މޯލްޑިވްސްއަށް ޓެގްކުރައްވާ ޝިފާޢު ވިދާޅުވީ ޤައުމަށް ޑޮލަރު ތާށިވި މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން މަނީ ލޯންޑްރީ ކޮށްގެން މި ޤައުމުން މިލިޔަނުން ޑޮލަރު ބޭރުކުރަމުން އަންނަކަމަށެވެ އަދި ވަގުން ވައްކަންކުރުން ހުއްޓުވުން އަވަސްކުރަންޖެހޭކަމަށް ވެސް ޝިފާޢު ވަނީ ވިދާޅުވެފައެވެ.