ތ.ހިރިލަންދޫގެ ކުޑަކުދިންގެ ޕާކް އިއްޔެ ހުޅުވައިފިއެވެ.
މި ކަމާއި ގުޅިގެން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިރިލަންދޫގެ ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިިމި އިއްޔެ ޕާކް ހުޅުވާފައިވާކަމަށެވެ.
”ހަނދޭކަލަ“ ޕާކުގެ ނަމުން ހުޅުވި މި ކުޑަކުދިން ޕާކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ޔޫތު މިނިސްޓްރީއާއި ހިރިލަންދޫ ކައުންސިލުން ގުޅިގެންނެވެ.
މި ގޮތުން މަޙްލޫފް ވަނީ އެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މަޙްލޫފް ވަނީ 102 ރަށެއްގައި ޕާކު އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ވިދާޅުވެފައެވެ.
ހިރިލަންދޫގެ ކުޑަކުދިންގެ ޕާކް އިއްޔެ ހުޅުވާފައިވާއިރު ބ.ކިހާދޫގެ ކުޑަކުދިންގެ ޕާކު ވެސް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ.