ހޮނިހިރު ދުވަހުގެ ހަވީރު 18:00 އިން ފެށިގެން މިއަދުގެ 18:00 އަށް ރާއްޖެއިން ކޮވިޑް-19 އަށް އިތުރު121 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ގޮތުން އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އިތުރު121 މީހުން ޕޮޒިޓިވްވެފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 102 މީހުންނާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުން ޕޮޒިޓިވްވި 19 މީހުން ކަމަށެވެ.
އެޗްޕީއޭއިން ބުނީ އެ މީހުންގެތެރޭގައި 75 ދިވެހިންގެ އިތުރުން 46 ބިދޭސީން ވެސް ހިމެނޭކަމަށެވެ.
މި ގޮތުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު އަށް 9173 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެތެރެއިން އިތުރު 271 މީހުން ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި އެ ގޮތުން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 7326 އަށް އަރާފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މިހާރު ފަރުވާދެމުން އަންނަނީ 1809 މީހުންނަށް ކަމަށާއި އޭގެތެރެއިން 113 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ބަލި ޖެހިގެން މިހާތަނަށް 32 މީހުން ނިޔާވެފައިވާކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.