ޖަޕާނުގެ ވެރިކަން ކުރާ ޕާޓީއިން އެ ޤައުމުގެ ޗީފް ކެބިނެޓް ސެކެޓްރީ ޔޮޝިހިޑޭ ސުގާ އެ ޤައުމުގެ އައު ބޮޑު ވަޒީރުގެ މަޤާމަށް ހަމަޖައްސައިފިއެވެ.
އިއްޔެގެ ވޯޓުގައި 534 މީހުން ބައިވެރިވެ ސުގާ ވަނީ ފަސޭހަކަމާއި އެކު 377 ވޯޓު ކާމިޔާބުކޮށްފައެވެ. މި ވޯޓުގައި ލިބަރަލް ޑެމޮކްރެޓިކް ޕާޓީއިން އަދި ރީޖަނަލް ރިޕްރެޒެންޓެޓިވްސް ވަނީ ކާމިޔާބުކޮށްފައެވެ.
މި ވޯޓުގައި އޭނާ އާއި ދެކޮޅަށް ނުކުމެފައިވަނީ ޑިފެންސް މިނިސްޓަރ ޝިގެރު އިޝީބާ އަދި އެލްޑީޕީގެ ޗީފް ފޫމިއޯ ކިޝީޑާ ވަނީ ބައިވެރިވެ ނާކާމިޔާބުވެފައެވެ.
އެލްޑީޕީގެ އަޤުލަބިއްޔަތު ބޮޑު ޕާލިމެންޓްރީގައި ބުދަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓު ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރާނެކަމަށް ލަފާކުރެވެއެވެ. 71 އަހަރުގެ ސުގާ އަކީ މިވަގުތު ޤައުމަށް އެންމެ ބޭނުން ވާ ފަދަ ވަރުގަދަ ޝަޚްސިއްޔަތެއްކަމަށް އަދި ކުރީގެ ބޮޑު ވަޒީރު އަބޭގެ މަސްއޫލިއްޔަތުތައް އެންމެ ރަނގަޅަށް އަދާ ކުރެވޭނެ ފަރާތް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.