ތަފާތު ގިނެ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ އިންޑިއާގެ މަގުބޫލު ބަތަލާ އިމްރާން ހާޝިމީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޝަޔާމް މަޑިރާޖޫ ޑައިރެކްޓް ކޮށްފައިވާ ފިލްމޔ ހަރާމީ އިންނެވެ.
ހަރާމީ މި ފިލްމަކީ އިންޑިއާގެ ރެއެއިލްވޭ ސްޓޭޝަން ތަކުގައި ވައްކަން ކުރުމަށް އުޅޭ ޔަތީމު ކުއްޖެއްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ފިލްމުގެ ޑައިރެކްޓަރު އިންޑީއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މި ފިލމުގެ ބަތަލުގެ ރޯލަށް އިމްރާން ހަމަޖެއްސީ 2 އަހަރު ވަންދެން އެކި ގޮތް ގޮތުން މަސައްކަތް ކޮށްގެން ކަމަށާއި، މި ފިލްމުގައި ފެނިގެންދާ އެހެން ގިނަ އެކްޓަރުންނަކާ ފިލްމީ ދާއިރާއަށް މުޅިން އައު ކުދިންކަމަށެވެ. މި ފިލްމުގެ އެކްޓަރުންގެ ގޮތުގައި ހިމެނެނީ އެމެރިކާ، އިނގިރޭސި ވިލާތް، ޑެންމާކް އަދި ސައުތް ކޮރެއާގެ އެކްޓަރުންނެވެ.
އިމްރާން މި ފިލްމުން ފެނިގެން ދާނީ ޓީޗަރަކަށް ހުރުމަށް ފަހު ގޭންގެއްގެ ލީޑަރަށް ބަދަލުވެ އެކަމުގެ ތެރޭގައި އޭނާ އުޅޭ މަންޒަރެވެ. ފިލްމުގެ ޑައިރެކްޓަރު ބުނި ގޮތުގައި އެރޯލު އެންމެ ފުރިހަމަޔަށް އަދާކުރެވޭނީ އިމްރާން އަށްކަން އެނާ ގަބޫލު ކުރާކަމަށާއި، އިމްރާން އާއި އެކު ކުރެވުނު މަސައްކަތުން އެނާ އެކަން ސާބިތު ކޮށްދީފައި ވާކަމަށެވެ.
ހަރާމީ ބެލުން ތެރިންނާއި ހަމަޔަށް އަންނާނީ ބޫސާންސް ފިލްމު ފެސްޓިވަލުގެ ތެރެއިންނެވެ. މި ފެސްޓިވަލުގައި 194 ފިލްމެއް ބައިވެރިވެފައިވާއިރު އިންޑިއިން ފެސްޓިވަލްގައި ބައިވެރި ވަނީ ހަމައެކަނި ހަރާމީ ފިލްމްމެވެ. މި ފެސްޓިވަލް ކުރިއަށ ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ 21 – 30 ގެ ނިޔަލަށެވެ.