އިންޑިޔާގެ ޓީވީ ޗެނަލް ކަލަރސްއިން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯ ބިގްބޮސްގެ 14 ވަނަ ސީޒަން މިއަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.
މަޝްހޫރު ބަތަލު ސަލްމާން ހާން ހުށަހަޅައިދޭ ބިގްބޮސް އަކީ ޓީވީ އިންޑަސްޓްރީއާއި އެހެނިހެން ދާއިރާތަކުން ކުރިއަރަމުން އަންނަ ތަރިންގެ ބައިވެރިވުމާއެކު ގެނެސްދޭ ޝޯއެކެވެ.ބިގްބޮސްގެ 13 ވަނަ ސީޒަން އިން އާއްމުންގެ އެންމެބޮޑު މަޝްހޫރު ކަމެއް ހޯދި ޝެހެނާޒު ގިލް އަދި 13 ވަނަ ސީޒަން ކާމިޔާބު ކުރި ސިދާތު ޝުކްލާ ވެސް ބިގްބޮސް 14 ގެ ހާއްސާ ސެގްމެންޓަކުން ފެނިގެންދާނެ ކަމަށް އިންޑިޔާގެ މީޑިއާ ރިޕޯޓުތަކުގައިވެއެވެ.
ބިގްބޮސްގެ 14 ވަނަ ސީޒަން ފަށަން ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ ބިގްބޮސް ބެލުންތެރިން ވެސް ތިބީ މިފަހަރުގެ ޝޯގެ ބައިވެރިންނަކީ ކޮބައިކަން ބަލާ ހިތުން ކެތްމަދު ވެފަކަން ހަމަ ޔަގީނެވެ.