ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުުރުމަށް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ކުރަމުންނެވެ.
ފުލުހުން މި މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހާޒިރުކުރެވިފައިނުވާތީ އެ މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެ ކޯޓުން ކުރި އަމުރަކާއި ގުޅިގެންނެވެ.
ފުލުހުން ބުނާގޮތުގައި ކޯޓަށް ހުށަހަޅާފައިވާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާއި ގުޅިގެން ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގޭތީ ކޯޓަށް ހާޒިރުކުރެވިފައިނުވަނީ ނ.ލަންދޫ/ލަކީ، ޢުމުރުން 42 އަހަރުގެ ޙުސައިން ޢުމަރުއެވެ.
މި ގޮތުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މި މަހުގެ16 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޙުސައިން ޢުމަރު ތ. ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
އެހެންކަމުން ފުލުހުން މިހާރު ވަނީ ޙުސައިން ޢުމަރު ހޯދުމުގެ މަސައްކަތް ފަށާފައެވެ. ފުލުހުން ވަނީ އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 9991442 މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރަން ވެސް އެދިފައެވެ.