ޒުވާނުންނަށް ހާއްސަކޮށް ބާއްވާ ވާޗުއަލް ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ”މޯލްޑިވްސް ޔޫތު ކޭމްޕް 2020″ގެ ނަމުގައި ބާއްވާ ކޭމްޕަކީ ޔޫތް މިނިސްޓްރީން ރާއްޖޭގެ އެކި ކަންކޮޅުތަކާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ކޭމްޕެކެވެ. މި ކޭމްޕުގެ ޝިއާރަކީ ”ޔޫތު، ޕީސް އެންޑް ސެކިއުރިޓީ“ އެވެ.
ކޭމްޕުގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުން https://bit.ly/33xubFo ލިންކުގައިވާ ފޯމު ފުރިހަމަ ކުރުމަށް ޔޫތް މިނިސްޓްރީންއެދެއެވެ. ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ 13 ވަނަ ދުވަހުގެ 14:00އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޒުވާނުން ބާރުވެރިކުރުމާއި ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި ބައިވެރިވުން އިތުރުކުރުމަކީ މި ކޭމްޕުގެ މައިގަނޑު މަގުޞަދު ކަމަށް މިނިސްޓްރީން ހަމަކުރެއެވެ.