ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ މެމްބަރުކަމާއި މެދު ސުވާލު އުފެދިއްޖެއެވެ.
އެމަނިކުފާނުގެ މަހިލީހުގެ މެމްބަރުކަމާއި މެދު ސުވާލު އުފެދުނީ، ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އެމަނިކުފާނު ހަމަޖެއްސުމުންނެވެ. ކައުންސިލްގެ މެމްބަރުން އައްޔަން ކުރައްވާ ފަތްކޮޅު ހަވާލު ކޮށްފައިވަނީ އެކަމަށްޓަކައި އިއްޔެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. އެ ޖަލްސާގައި ޔައުގޫބަށް ވެސް ވަނީ ފަތްކޮޅު ހަވާލުކޮށްފައެވެ.
އެކަމާއި މެދު ގާނޫނީ ގިނަ މާހިރުން ވަނީ ހިޔާލު ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ، ގާނޫނުއަސާސީގެ 73ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި މެންބަރުންނަށް ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެހެން ބައެއް ގާނޫނީ ވަކީލުން ބުނަމުން ދަނީ، އެއީ އިންތިގާލީ ކައުންސިލެއް ކަމުން އެކަމުގައި ގާނޫނީ ސުވާލުތަކެއް އުފެދޭ ކަމަށާއި، އެހެންނަމަވެސް އެބޭފުޅުންގެ ނަޒަރުގައި ޔައުގޫބު ހަމަޖެއްސީ އިންތިގާލީ ކައުންސިލެއްގެ މެންބަރަކަށް ކަމަށްވުމުން އޭނާގެ މެންބަރުކަން ސައްހަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 73ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި ކަނޑައަޅާ އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ ރައްޔިތުން މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ ވަޒީރުން މަޖިލީހުގެ މެންބަރުކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ވަޒީރުންގެ ނާއިބު ކަމާއި ދައުލަތުގެ އެފެންވަރުގެ އެއްވެސް މަގާމަކާއި މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރު ކަމެއް ނުވަތަ މުސްތަގިއްލު މަގާމެއް ސިވިލް ސާވިސްގެ މަގާމެއް އަދާ ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
މި މައްސަލަ މިގޮތަށް ފެންމަތިވުމާއި އެކު ޔައުގޫބު ވަނީ ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލަށް މެމްބަރު ކަމުން ވަކިވާން ނިންމާފައެވެ. އެ މަގާމުން ޔައުގޫބު ވަކިވާން ނިންމީ ގާނޫނީ ސުވާލުތަކެއް ހުރުމުންނެވެ.
ވާނުވާނޭގޭ ތަނެއް ދޮރެއްނޭގޭ ބީތާއިން މިތިބެނީ މަޖިލިހުގަ