ފުވައްމުލައް ސިޓީ ކައުންސިލުގެ މޭޔަރ ޢަބްދުﷲ ފަލާހް ޝަރީފު ފުވައްމުލައް ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު ޏ.އަތޮޅު ހޮސްޕިޓަލުގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ފުވައްމުލައް ސިޓީ ކައިރީގައިވާ އަވަށްޓެރި ރަށްތަކާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ފުވައްމުލައް ހޮސްޕިޓަލުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންނެވެ.
ފުވައްމުލަކަށް ބޭސްފަރުވާއަށް ހުވަދު އަތޮޅުން ގިނަ ބައެއް ޒިޔާރަތްކުރާއިރު އެ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ފުވައްމުލައް ހޮސްޕިޓަލުން ކުރެވިދާނެ ކަންތައްތަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށް ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރ މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ގެސްޓު ހައުސްތައް އަލުން ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ހޮސްޕިޓަލާއި ކައުންސިލު ގުޅިގެން ކުރަން ހުރި މަސައްކަތްތަކާއި މެދު މަޝްވަރާ ވެސް ކުރެވުނެވެ.
އެގޮތުން ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ކަންކަން ފުރިހަމަ ކުރުމުގައި ހޮސްޕިޓަލުން ކޮށްދެވެން ހުރި ކަންތައްތަކާއި މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.