ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 85 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މި ހުރިހައި ކޭސްތަކަކީ ހޯމަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން މިއަދުގެ އެ ވަގުތާއި ހަމައަށް ފެންމަތިވެފައިވާ ކޭސްތަކެއްކަމަށް އެޗްޕީއޭއިން ދެންމެކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
މި ގޮތުން އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓުގައި ބުނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 82 މީހުންގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުން ޕޮޒިޓިވްވި 3 މީހުންނާއެކު ޖުމްލަ 85 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އޭގެތެރޭގައި ހިމެނެނީ 46 ދިވެހިންގެ އިތުރުން 39 ބިދޭސީން ކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އެހެންކަމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 9328 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި ކޮވިޑް ޖެހުނު މީހުންގެތެރެއިން އިތުރު 193 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މި 193 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 7729 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މި ގޮތުން މިހާރު ފަރުވާދެމުން އަންނަނީ 1560މީހުންނަށް ކަމަށާއި އޭގެތެރެއިން 111 މީހުންނަކީ ހޮސްޕިޓަލުގައި ފަރުވާހޯދަމުން އަންނަ މީހުންކަމަށް ވެސް އެޗްޕީއޭއިން ހާމަކުރެއެވެ. ހަމައެއާއެކު އައިސޮލޭޝަން ފެސިލިޓީތަކުގައި 767 މީހުން ތިބިކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑާއި ގުޅިގެން މިހާތަނަށް ޖުމްލަ 132,880 ސާމްޕަލް ނަގައި އޭގެތެރެއިން 9328 ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު ބަލި ޖެހިގެން 33 މީހުން ވަނީ ނިޔާވެފައެވެ.