އެޕާޓްމެންޓް ފެހި ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ޗައިނާގެ ކުންފުންޏަކުން އެ ޤައުމުގެ އެޕާޓުމެންޓްތަކެއް ޖަންގައްޔެއްގެ ޑިޒައިންނަށް ހަދައިފިއެވެ.
އެޕާޓްމެންޓް ފެހި ކުރުމުގެ ތަހުލީލުތަކެއް ކުރުމަށް ”ވާރޓިކަލް ފޮރެސްޓް“ގެ ނަމުގައި ހަދާފައިވާ މި އިމާރާތުގެ ހުރިހާ ފަންގިފިލާތަކުގައިވަނީ ބޯކޮށް ގަސް އިންދާފައެވެ.
ޗައިނާގެ މި އިމާރާތްކޮށްފައިވާ ކުންފުނިން ބުނާ ގޮތުގައި މިހާރު މި އިމާރާތުގެ 826 އެޕާޓްމަންޓްވަނީ އެއްކޮށްހެން ގަނެ ހުސްވެފައެވެ. މި އިމާރާތްކ ކުރި ފަރާތްތަކުން ބޭނުންވަނީ މިހާރު މި ޒަމާނުގެ ކޮންކްރީޓު ޖަންގަޔެއްގެ ސިފަ ޖެއްސުމަށްވުރެ، އަސްލު ގަސްބޯ ޖަންގައްޔެއްގެ ސިފަ ޖެއްސުމަށެވެ.
މި އެޕާޓްމެންޓްތަކާއި އިންސާނުން ދޯޅުވާ މިންވަރަށް މަދިރިވެސް ދޯޅު ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މި އެޕާޓްމެންޓްތަަކަށް ބަދަލުވެފައިވާ ޢާއިލާތަކުން މަދިރި ބޭސް ބޭނުން ކުރާ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެއެވެ.
މަދިރީގެ އުނދަގޫ ޖެހުނު ކަމުގައި ވީ ނަމަވެސް، މަދުން ނަމަވެސް ޢާއިލާ ތަކެއް ވަނީ ބަދަލުވެފައެވެ. ޗެންގްޑު ޤީޔީ ފޮރެސްޓް ގާރޑަންގެ ނަމުން ނަންދީފައިވާ މި އެޕާޓްމެންޓްތައް ހަދަން ފަށާފައިވަނީ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި 2018 ވަނަ އަހަރުއެވެ.