ނ.މަނަދޫން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެެފައިވާކަމަށް އެ ރަށު ހޮސްޕިޓަލުން ބުނެފިއެވެ.
މަނަދޫން ރެންޑަމް ސާމްޕަލް ނަގަން ފެށީ އެ ރަށުން ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށްޓަކައެވެ.
މަނަދޫން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައިހުރި ދިވެހި ފިރިހެނެކެވެ.
އެ ގޮތުން އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ދަށުން ހައިރިސްކްގެ ދެ މީހުން ހިމެނޭހެން 26 މީހަކު ކަރަންޓީނުކުރިއެވެ.
އެ ގޮތުން އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށްޓަކައި ރެންޑަމް 50 ސާމްޕަލް ނަގަން ހަމަޖެހިފައިވާކަމަށް މަނަދޫ ހޮސްޕިޓަލުން ބުނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.
މަނަދޫ ހޮސްޕިޓަލުން މިއަދު ހާާމަކުރިގޮތުގައި އެ ރަށުން 62 ސާމްޕަލް ނަގާފައިވެއެވެ.
ނަމަވެސް އެ ހުރިހައި އެންމެން ވެސް ކޮވިޑަށް ނެގެޓިވްވެފައިވާކަމަށް ވެސް މަނަދޫ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިއާއެކު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.