ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހު އައްޑޫ ސިޓީގެ ތަރައްޤީ ޔަގީންކޮށްދެއްވާފައިވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހަމަކޮށްފިއެވެ.
މުލިއާގޭގައި ރައީސް ޞާލިހާއި ބައްދަލުކުރެއްވުމަށްފަހު ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ކުރެއްވި ޓްވީޓެއްގައިވެއެވެ.
ރައީސް ޞާލިހު މި ބައްދަލުވުމުގައި އާސަންދައިގެ ޚިދުމަތް އައްޑޫން ލިބި، ހިތަދޫގެ ނަރުދަމާގެ މަސައްކަތް ފެށި ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުޅާ ކުރެވި ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
ރައީސް ޞާލިހު ތަރައްޤީ ޔަގީންކޮށްދެއްވިއިރު އައްޑޫގެ 25 ކިލޯ މީޓަރުގެ މަގު ހެދުމުގެ ޕްރޮޖެކްޓު މިއަހަރުތެރޭ ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިގެ އިތުރުން އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިންޑިއާގެ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ.
އިންޑިޔާ ސަރުކާރުން ފަހިކޮށްދީފައިވާ 800 މިލިޔަން ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހަވާލުކޮށްފައިވާ 2 ޕްރޮޖެކްޓެވެ.