ސްވިޓްޒަލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
ސްވިޓްޒަލެންޑުގެ ލެޝުއާ އެއާލައިން ކަމަށްވާ އެޑެލްވެއިސް އިން މި މަހުގެ 26ވަނަ ދުވަހު ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެޑެލްވެއިސް ފުރަތަމަ ފްލައިޓު ރާއްޖެއަށް އައުމަށް ހަމަޖެހިފައި ވަނީ އެ ޤައުމުގެ ޒިއުރިކްއިންނެވެ. މި އެއާލައިނުން ރާއްޖެއަށް ހަފްތާއަކު 2 ފްލައިޓު އޮޕަރޭޓު ކުރާނެއެވެ.
މިއަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައުމަށް ވެބްސައިޓުންމެދުވެރިކޮށް މިހާރު ބުކިން ހެދޭނެ ކަމަށް އެ އެއާލައިނުން ހަމަކުރެއެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ސްވިޓްޒަލެންޑް ހިމެނެެއެވެ.