އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓްއިން ބުދަ ދުވަހު ޗައިނާ އަދި މެލޭޝިޔާގެ ރައްޔިތުންތަކަކާއި ދެކޮޅަށް ހެކުކުރުމުގެ ތުހުމަތުގައި ދަޢުވާކޮށްފިއެވެ.
ޗައިނާގެ 5 ރައްޔިތެއް، އަދި މެލޭޝިޔާގެ 2 ރައްޔިތަކަށް ވަނީ ވޭތުވެދިޔަ 6 އަހަރުދުވަހުގެ ތެރޭގައި ހެކުކުރުމުގެ ގިނަ ދަޢުވާތަކެއްކޮށްފައެވެ. މީގެ ތެރޭގައި ހޮންގްކޮންގްއަށް ޖާސޫސު ކުރުން ހިމެނެއެވެ.
މި މީހުންވަނީ ގިނަ ކުންފުނިތަކެއްގެ ކޮމްޕިޔުޓަރު ހެކުކޮށް، މީހުންގެ މަޢުލޫމާތު އެއްކޮށް، ގިނަ ކޮމްޕިޔުޓަރުތަކުން ކްރިޕްޓޯ ކަރަންސީވެސް ފޭރިފައެވެ.
މީގެ ތެރެއިން 2 ޗައިނާގެ ރައްޔިތުންނާއި މެލޭޝިޔާގެ 2 ރައްޔިތުން ވަނީ ގިނަ ގޭމިންގް ކުންފުނިތައް ހެކުކޮށް، އެމީހުންގެ ގިނަ ގޭމުތަކުގައި ބޭނުންކުރާ އާރޓްއިފެކްޓްތައް ފޭރިފައެވެ. މި ހަތް މީހުންނަށް އެމެރިކާއިން ފާރަލަމުންއަންނަ ތާ ދުވަސް ކޮޅެއްވެފައިވާއިރު، ބައެއް މީހުން ދެކޭ ގޮތުގައި، މި ގުރޫޕު އެއްކޮށްހެން ގެންގުޅެނީ ޗައިނާ ސަރުކާރުންނެވެ.
މި ހެކަރުންންގެ ދަޢުވާގައި، ސިޔާސީ އެއްވެސް ކުލަވަރެއް ޖެހިފައި ނުވާ ނަމަވެސް، މި ހެކަރުން ވަނީ ވިއެޓްނާމް އަދި އިންޑިޔާ ސަރުކާރުގެ ކޮމްޕިޔުޓަރުތަކެއްވެސް ހެކުކޮށްފައެެވެ.
މި ހަތް މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަށް ބަލާއިރު، ހެކު ކުރުމުގެ އިތުރުން މަނީ ލޯންޑަރިންގެ ކުށަށްވެސް ވަނީ ދަޢުވާކޮށްފައެވެ.