އެމެރިކާގެ ހުޅަނގުގައި ވަރުގަދަ އަށް އަނދަމުންދާ އަލިފާނުގެ ދުމުގެ އަސަރު ޔޫރަޕާއި ހަމައަށް ފޯރައިފިއެވެ.
ޔޫރަޕިއަން ޔޫނިއަން ކްލައިމެޓް މޮނީޓަރިންގއިން ވިދާޅުވާ ގޮތުގައި، މި ދުމުގެ އަސަރު މިހާރު ޔޫރަޕުގެ ޖައްވުންެވެސް ވަނީ ފެންނަން ފަށާފައެވެ. ސެޓެލައިޓް ފޮޓޯ ތަކުން ފެންނަ ގޮތުގައި، އެމެރިކާގެ ކެލިފޯނިއާ، އޮރޭގަން އަދި ވޮޝިންގްޓަންގައި އަދަމުންދާ އަލިފާނުގެ އަސަރު މިހާރު ހީކުރިވަރަށްވުރެ ވަނީ ބޮޑުވެފައެވެ.
ހޯމަ ދުވަހު މޫސުމަށް އައި ބަދަލާއިއެކު، މި އަލިފާނުގެ ދުންގަނޑު ވަނީ އިރުމައްޗާއި ދިމާލަށް މިސްރާބު ޖަހާފައެވެ. އަދި ވައި ބާރު ވުމުގެ ސަބަބުން، މި ދުންގަނޑު ފެތުރޭ މިންވަރުވެސް ވަނީ އިތުރުވެފައެވެ.
ނިޔު ޔޯކް މެޓްރޯއިން މަޢުލޫމާތު ޢާންމު ކުރާ ގޮތުގައި، މިވަގުތު ނިޔު ޔޯކު މަތިންވެސް މި ދުމުގެ އަސަރު ވަނީ ފެންނަން ފަށާފައެވެ.
ދުނިޔޭގެ ފިނި ހޫނު މިނަށް ބެލުމަށްފަހު ތަޖުރިބާ ކާރުން ވިދާޅުވާ ގޮތުގައި، މި އަލިފާނުގެ ސަބަބުން، މިހާރު އަނދަމުންދާ ރޭޓަށް ނިޞްބަތްކޮށް، 30 މިލިޔަން ޓަނުގެ ކާބޮންޑައިއޮކްސައިޑް ޖައްވަށް ދޫކުރެވިގެންދާނެ ކަމަށް ބެލެވެއެެވެ.