ސޮނީގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ ޕްލޭސްޓޭޝަންގެ އެންމެ ފަހުގެ މޮޑެލް ’ޕްލޭސްޓޭޝަން 5‘ އަންނަ ނޮވެމްބަރ މަހުގެ ތެރޭގައި ބާޒާރަށް ނެރޭނެ ކަމަށް އިޢުލާންކޮށްފިއެވެ.
ޕްލޭސްޓޭޝަން 5 ބަައެއް ޤައުމުތަކަށް އަވަހަށް ނެރޭ އިރު، ހުރިހާ ޤައުމުތަކަށް ނޮވެމްބަރ 19 ގައި ހުޅުވާލެވޭނެއެެވެ. އަވަހަށް ނެރޭ ޤައުމުތަކަކީ، އެމެރިކާ، ޖަޕާނު، ކެނެޑާ، މެކްސިކޯ، އޮސްޓްރޭލިއާ، ނިޔު ޒިލެންޑް އަދި ދެކުނު ކޮރެއާއެވެ. މި ޤައުމުތަަކަށް ނެރޭނީ 12 ނޮވެމްބަރުގައެވެ.
މި ފަހަރު ޕްލޭސްޓޭޝަންއިން ދެ މޮޑެލްއެއް ތަޢާރަފުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕްލޭސްޓޭޝަން 5 އަދި ޑިޖިޓަލް އެޑިޝަންއެއް ހިމެނެއެވެ. ޕްލޭސްޓޭޝަން 5 ގެ އަގެއްގެ ގޮތުގައި 499 ޑޮލަރު ކަނޑައަޅާފައިވާއިރު، ޑިޖިޓަލް އެޑިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ 399 ޑޮލަރެވެ.

މިފަހަރުގެ މި ގޭމުގައި، ހައިރާންކޮށްލަނިވި އިތުރު ބައިވަރު ކަންކަން އެކުލެވިގެންވާ ކަމަށް ސޮނީ އިން އަންނަނީ ބުނަމުންނެވެ.