ޑައިރެކްޓް ބޭންކް ޓްރާންސްްފަރގެ ޒަރީޢާއިން ފެންބިލު ދައްކާއިރު ފުރިހަމަކުރަންޖެހޭ ފޯމު ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަޖަށް ޗެކު ނުވަތަ ޑައިރެކްޓް ބޭންކް ޓްރާންސްފަރގެ ޒަރީޢާއިން ފެން ބިލަށް ފައިސާ ދެއްކިކަމުގައިވިޔަސް ބައެއް ކަސްޓަމަރުންގެ އެކައުންޓު އަޕްޑޭޓުވުމުގައި ލަސްތަކެއްވާ ކަމަށެވެ.
މި ކަން މިހެންވަނީ ޑައިރެކްޓް ބޭންކް ޓްރާންސްފަރގެ ޒރީޢާއިން ބިލަށް ފައިސާ ދެއްކުމަށްފަހު އެ ކުންފުނިން އެދިފައިވާ ގޮތުގެ މަތިން ޑައިރެކްޓް ބޭންކު ޓްރާންސްފަރ ލިންކުގައިވާ ފޯމު ފުރިހަމަނުކުރުމުގެ ސަބަބުންކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
އެމްޑަބްލިޔުއެސްސީން ވަނީ ޗެކަށް ނުވަތަ ޑައިރެކްޓް ބޭންކު ޓްރާންސްފަރގެ ޒަރީޢާއިން ފެންބިލަށް ފައިސާ ދެއްކުމަށްފަހު ލިންކުގައިވާ މަޢުލޫމާތު ފުރިހަމަނުކުރާ ކަސްޓަމަރުން ވީހާވެސް އަވަހަށް އެ މަޢުލޫމާތު ފުރިހަމަކުރުމަށް އިލްތިމާސްކުރައްވާފައެވެ.
އޭގެ އިތުރުން އެ ޚިދުމަތުގެ ބޭނުންކުރާއިރު ލިންކްގައިވާ އިރުޝާދުތަކާއި އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުމަށްފަހު ޕޭމަންޓް ރިސީޕްޓް ފޮނުވަމުން ގެންދިއުމަށް ވެސް އެމްޑަބްލިޔުއެސްސީން ވަނީ އިލްތިމާސްކުރައްވާފައެވެ.