ބަނޑުހައި ހޫނު ކަމުގައި ދިރިއުޅެމުންދާ ގިނަ ޢަދަދެއްގެ މީހުންނަށް އެހީތެރިވުމަށް ދުނިޔޭގެ ބިލިޔަނަރުންގެ ކިބައިން ޔޫއެންއިން އެދިއްޖެއެވެ.
ޔޫންގެ ކާބޯ ތަކެއްޗާއި ބެހޭ އެންމެ ބޮޑަކަށް ހުންނަވާ ޑޭވިޑް ބީސްލީ ވަނީ ބަނޑުހައި ހޫނުކަމުގައި ދިރިއުޅެމުން އަންނަ 30 މިލިޔަން މީހުންނަށް އެހީ ވުމަށް ދުނިޔޭގެ ބިލިޔަނަރުންގެ ކިބައިން އެދިފައެވެ.
”އަހަރެމެން އެބަ ބޭނުންވޭ 4.9 ބިލިއަން ޑޮލަރު 30 މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް. އެހެންނޫން ކަމުގައި ވާނަމަ މި އެންމެން މަރުވާނެ.“ އޭނާ އިތުރަށް ވިދާޅުވާ ގޮތުގައި، 2000 އަށް ވުރެ ގިނަ ބިލިޔަނަރުން މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ވަނީ އެތައް މިލިޔަން ޑޮލަރެއް ހޯދާފައެވެ. އަދި މި އެންމެންގެ މިލްކިއްޔާތުގައި 8 ޓްރިލިޔަން ޑޮލަރު އެބަ ހުރިކަމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ.
”މި ވަގުތަކީ ލާރި ލިބޭ އެންމެހާ ފަރާތްތަކުން ފަޤީރުންނަށް އެހީ ވާންވީ ވަގުތު. މިވަގުތު ދުނިޔެއިން ބޭނުންވަނީ ތި ބޭފުޅުން އެންމެ ރަނގަޅު ގޮތަށް ކަންކަން ކޮށްދިނުމަށް.“ އޭނާ ޔޫންގެ ސެކިޔުރިޓީ ކައުންސިލްގައި ވިދާޅުވިއެވެ.