މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް ޢަބްދުއްރަޢޫފް ހަމަޖައްސަވައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އަލަށް ވުޖޫދަށްގެނައި ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް ޢަބްދުއްރަޢޫފް ހަމަޖައްސަވައި މަޤާމުގެ ފަތްކޮޅު މިއަދު އަރުވާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މެލޭޝިއާއާއި ރާއްޖެއާއި ދެމެދު ޑިފެންސާއި ސެކިއުރިޓީގެ ކަންކަން ހަރުދަނާކުރެއްވުމަށް ކާނަލް ޢަބްދުއްރަޢޫފް މަސައްކަތްކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުުޅުން ބަދަހިކުރައްވަން މަސައްކަތްކުރައްވާނެކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް ޢަބްދުއްރަޢޫފް ހަމަޖައްސަވާފައިވާިރު
ރަާއްޖޭގެ އަސްކަރީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެތެރެއިން އެކިއެކި ޤައުމުތަކުގައި ސިފައިން އަންނަނީ ތަމްރީނުތައް ހަދަމުންނެވެ.