ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 74 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ބުރާސްފަތި ދުވަހުގެ 18:00 އިން ފެށިގެން މިއަދުގެ އެ ވަގުތާއި ހަމައަށް އިތުރު 74 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.
މި ގޮތުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 70 މީހުންނާއި އަތޮޅުތަކުގެތެރެއިން 04 މީހުންކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އަދި އޭގެތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 37 ބިދޭސީންކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ.
އެއާއެކު ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިހާރު 9568 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
އެޗްޕީއޭގެ ޓްވީޓުގައި ވާގޮތުން ބަލިޖެހުނު މީހުންގެތެރެއިން އިތުުރު 44 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
އެ ގޮތުން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު 8077 އަށް އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މިހާރު ފަރުވާދެމުން އަންނަނީ 1452 މީހުންނަށްކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އޭގެ އިތުރުން ފަރުވާދެމުން އަންނަ 1452 މީހުންގެތެރެއިން 106 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖެއިން ކޮވިޑް ފެންނަ މިންވަރު އިތުރުވެފައިވާއިރު މި ބަލި ޖެހިގެން 33 މީހަކު ނިޔާވެފައިވެއެވެ.