ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރުމާ އާއި ކުޅަދާނަ ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީ އަށް ލިބެން އުޅޭ ދަރިފުޅު ވިހަންދެން އެއްވެސް ފިލްމެއްގެ މަސައްކަތް ނުކުރާނެ ކަމަށް އަނުކްޝާ ބުނެފިއެވެ.
އަނުކްޝާ ބުނެފައި ވަނީ އެދަރިފުޅަކީ އެދެމަފިރިން މިވަގުތު އެންމެ އިސްކަމެއްދޭ ކަން ކަމަށާއި، އެހެން ކަމުން ދަރިފުޅު ވިހެއުމަށް ފަހު ހަމަޖެހިލައިގެން ނޫނީ ދެން އެވެސް ފިލްމެއްގެ މަސައްކަތް ނުކުރާނެ ކަމަށެވެ.
މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލަތު ދަރިޔަށް ބަލިވެއިން އަނުޝްކާ ދެން އޭނާ ފިލްމީ މަސައްކަތްތައް ފަށާނީ މިއަންނަ އަހަރުގެ އޭޕްރީލު މަހުގެ 21 ގައެވެ. އެގޮތުން އަނުޝްކާ ވިހައިގެން ކުޑަދުވަސްކޮޅަކަށް ފަހު ބޮޑެތި ޕްލޭންތަކެއް އިއުލާން ކުރާނެއެވެ. މީގެ އިތުރުން އަނުކްޝާ ވަނީ، ޕްރަބާސް ރާޖޫ އާއި އެކު ކުރިން ކުޅެން ނިންމާފައިވާ ”އަޑިޕުރްޝް“ ވެސް ނުކުޅެން ނިންމައިފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ލީޑް ރޯލުން ޕްރަބާސް ފެންނަ އަޑިޕުރްޝް ގެ ނުބައިބައި ރޯލުން ފެނިގެން ދާނީ މަޝްހޫރު ބަތަލު ސައިފް އަލީހާން އެވެ. އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ބުޝަން ކުމާރު އެވެ. އަޑިޕުރްޝްގެ ޝޫޓިންތައް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާއިރު އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުއެވެ.
އަނުޝްކާ އިނީ ވިރާތުގެ ދަރިއަކަށް ބަލިވެކަން އިންސްޓަގްރާމް މެދުވެރިކޮށް އެ ދެ ފަންނާނުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިޢުލާންކޮށްފައެވެ. އެކަން އިއުލާނު ކުރުމުން އޭނާއަށް ތާއިދު ކުރާ އެތައްބަޔަކު ވަނީ އެނާ ކުޅެން އެއްބަސްވި ފިލްމުތަކަށް ދެން ހަދާނީ ކިހިނެއްތޯ އަހާފައެވެ. އަދި ފޭނުން ވަނީ އަނުޝްކާ މާބަނޑު އިރުގެ އިތުރު ފޮޓޯއެއް ހިއްސާކުރުމަށް ތަކުރާރުކޮށް އެދިފައެވެ.