ގދ.ގައްދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ގައްދޫން ޕޮޒިޓިވްވެފައިވަނީ މާލެއިން އެނބުރި ރަށަށް ގޮސް ހޯމްކަރަންޓީނުގައި ހުރި މީހެއްކަމަށް އެ ރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި ގޮތުން ޕޮޒިޓިވްވެފައިވަނީ ބިދޭސީއެއް ކަމަށާއި އެ ކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ފަށާފައިވާކަމަށް ވެސްއެ ރަށު ކައުންސިލުން ބުނެއެވެ.
އެހެންކަމުން ޕޮޒިޓިވްވި ބިދޭސީ މީހާގެ ކޮންޓެކްޓުން ދެނެގަތުނުގެ މަސައްކަތް ނިމެންދެން އެއްވެއުޅުން މަނާކުރަން ގައްދޫގެ ކޮވިޑް ޓާސްކް ފޯސްއިން ވަނީ ނިންމާފައެވެ. އަދި 03 މީހުންނަށްވުރެ ގިނަ މީހުން ޖަމާވެ ނޫޅުމަށާއި ޢާންމު ތަންތަނުގައި މާސްކުއަޅަން ލާޒިމުކުރުމާއި ކުޅިވަރު ހަރަކާތްތައް މެދުކަނޑައިލުމަށާއި މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެ ރަށު ޓާސްކު ފޯހުން ވަނީ ނިންމާާފައެވެ.