ގދ.ހޯޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު 23 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން ބުނާގޮތުގައި ރާއްޖެއިން ކޮވިޑްޖެހުނު މީހުންގެތެރެއިން އެންމެ ފަހުން ރަނގަޅުވި 44 މީހުންގެތެރޭގައި ހޯޑެއްދޫން ޕޮޒިޓިވްވި މީހުން ހިމެނެއެވެ.
މި ގޮތުން އޭގެތެރެއިން 23 މީހުންނަކީ އެ ރަށުން ރަނގަޅުވި މީހުންކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ހޯޑެއްދޫން އިތުރު 23 މީހުން ރަނގަޅުވެފައިވާއިރު އޭގެކުރިން ވެސް ވަނީ 04 މީހުން ރަނގަޅުވެފައެވެ. އެހެންކަމުން ހޯޑެއްދޫން ޕޮޒިޓިވްވި 44 މީހުންގެތެރެއިން ޖުމްލަ 27 މީހުން ވަނީ ރަނގަޅުވެފައެވެ.
ހޯޑެއްދޫން 44 މީހުން ޕޮޒިޓިވްވެފައިވާއިރު 50 ސާމްޕަލްގެ ނަތީޖާ އަދިވެސް ނުލިބެއެވެ. ހޯޑެއްދޫން މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވީ ނަމަވެސް އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއްނެތް ކަމަށާއި އެ ރަށުގައި އޮތީ ލޯކަލް ޓްރާންސްމިޝަންއެއްކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.