“ދަ ބްރެތް ޓޭކިން 360 ޑިގްރީ ވާރޗުއަލް ޓުއާސް އޮފް މޯލްޑިވްސް“ އިން އިންތިޒާމުކުރާ މޯލްޑިވްސް ވާރޗުއަލް ޓުއަރ އެކްސްޕޯ ރާއްޖެއަށް ތަޢާރަފުކުރަން ނިންމައިފިއެވެ.
މޯލްޑިވްސް ވާރޗުއަލް ޓުއަރ އެކްސްޕޯގެ ތެރެއިން ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއާއި ބެހޭ މަޢުލޫމާތު ލިބިގެންދާނެއެވެ. އަދި އެފަދަ ފަރާތްތަކަށް ޤައުމުގައި ތިބެގެން ރާއްޖޭގެ ރީތިކަން ވެސް ފެނިގެންދާނެއެވެ.
އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދަން ނިންމާފައިވާ ފެއަރގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ރިސޯޓުތަކުގެ އެންމެފަހުގެ މަޢުލޫމާތު ހޯދަން ލައިވް ކޯލް ކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން މި ފެއަރގެތެރެއިން ތަފާތު އެކިއެކި ގޭމްތަކާއި ޚާއްސަ ޕަޒްލްއެއް ކުރިއަށް ގެންދަން ހަމަަޖައްސާފައިވާއިރު އެ ޕަޒްލް ފުރިހަމަކުރާ މީހުންނަށް ޚާއްސަ ލަކީޑްރޯއެއްގަި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.