ގައިދީން ބަލަހައްޓާ ހުރިހާ އޮފިސަރުންނަށް ދަ ނެލްސަން މަންޑޭލާ ރޫލްސްގެ ތަމްރީނު ޕްރޮގްރާމުތައް އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު އާސިފް ވިދާޅުވެއްޖެއެވެ.
”ނެލްސަން މަންޑޭލާ ރޫލްސް،“ މި ފޮތަކީ ދެކުނު އެފްރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސްކަމުގައިވާ ނެލްސަން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ އެއިރު ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އޭނާ ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ލިޔެފައިވާ ފޮތެކެވެ.
މި ޕްރޮގްރާމަކީ ހޯމް މިނިސްޓްރީގެ އިސްނެންގެވުމާއެކު، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސްގެ ކޮންސަލްޓެންޓެއްގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިންކޮށް ކަމަށާއި ފުރަތަމަ ބުރުގައި 30 މުވައްޒަފުން ބައިވެރިވާނެ ކަމަށް އޭސީޕީ އާސިފް ވިދާޅުވިއެވެ.
މީގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން ކަރެކްޝަންގެ ހުރިހާ އޮފިސަރުންނަށް ނެލްސަން މަންޑޭލާ ރޫލްސްއާ ގުޅޭ ތަމްރީނުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއެވެ.