އިންޑިއާގެ މަގުބޫލު އެއް ފްރެންޗައިސް ޝޯ ”ބިގް ބޮސް“ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު، އެޝޯގައި ކޮންމެ ހަފްތާއަކުވެސް އެއްދުވަހު ކޯވޮޑް 19 އަށް ޓެސްޓު ކުރާނެ ކަމަށް ޝޯގެ ޓީމުން ބުނެފިއެވެ.
މީގެ ކުރިން މީޑިއާ ތަކަށް ދިން އިންޓަވިއު އެއްގައި ސަލްމާން ބުނެފައި ވަނީ، މިފަހަރުގެ ބިގް ބޮސް ތަފާތު ވެގެން ދާނެ ކަމަށާއި، ބެލުން ތެރިން ގަޔާވާ ގިނަ ކަންކަން މިފަހަރު ފެނިގެން ދާނެ ކަމަށެވެ.
ބިގް ބޮސް ފުށުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނައި އިރު، އެޝޯގައި މިފަހަރު ބައިވެރިވާ ހުރިހާ ފަންނާނުން ވެސް މިވަގުތު ތިބީ ޝޯގެ ކުރިން ކަރަންޓީނު ވެގެނެވެ. އަދި މިފަހަރުގެ ޝޯގައި އެއްވެސް ބައިވެރިޔަކު އެހެން މީހެއްގެ އެނދުގައި ނިދުމާއި، އެކަކުގެ ކާ ތަށިން އަނެކަކު ކެއުންފަދަ ކަންކަން ވަނީ މަނާކޮށްފައެވެ. އަދި މިދުވަސް ވަރަކީ ކޯވިޑް ގެ ބަލިމަޑު ކަމުގެ ދުވަސް ވަރުކަމުން ހަފްތާއަކު އެއް ދުވަހު ހުރިހާ ބައިވެރިން ވެސް ކޯވިޑް 19 އަށް ޓެސްޓު ކުރާނެ ކަމަށްވެސް އެޝޯގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިފަހަރުގެ ޝޯގައި، ގޭގެ އަހުލު ވެރިންނަށް ފިލްމު ބެލުމަށް ތިއޭޓަރަކާއި، ސްޕާއެއްގެ އިތުރުން ކޮފީ ޝޮޕެއްވެސް ހުންނާނެ ކަމަށް ޝޯގެ ޓީމުން ވަނީ ބުނެފައެވެ.
މިފަހަރުގެ ޝޯގައިވެސް އިންޑިއާގެ ޑްރާމާ ސިލްސިލާ ތަކުން ކުރިއަރަމުން އަންނަ ފަންނާނުން ބެލުންތެރިންނާއި ހަމަޔަށް ފެނިގެން ދާނެއެވެ.