އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު، އަކްޝޭ ކުމާރުގެ ބިރުވެރި ކޮމެޑީ ފިލްމު ލަކްޝްމީ ބޮމް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާ ކުރަން ނިންމައިފިއެވެ.
ޑިޖިޓަލް ކޮށް އަކްޝޭގެ ޕްރިމިއާ ކުރާ ފުރަތަމަ ފިލްމު ލަކްޝީ ބޮމް ކުރިން ރިލީޒް ކުރަން ހަމަޖެހިފައިއޮތީ މިއަހަރުގެ ފިތުރު އީދުގައެވެ. ނަމަވެސް ކޯވިޑް 19 ގެ ބަލިމަޑު ކަމުގެ ސަބަބުން އެފުރުސަތު ވަނީ ނުލިބިފައެވެ. މި ފިލްމަކީ ތަމަޅަ ޑައިރެކްޓަރު ރަގަވާ ލޯރެންސް އޭނާ ގެނެސްދީފައިވާ ހޮރޯ ކޮމެޑީތައް ކަމަށްވާ ”ކާންޗަނާ“ ސީރީޒްގެ ފިލްމުތައް އަސްލަކަށް ބަލައިގެން ގެނެސްދޭ ފިލްމެކެވެ.
މީގެ އިތުރުން އަކްޝޭގެ ސޫރިޔަވަންޝީގެ ހުރިހާ މަސައްކަތެއް ވަނީ މިހާރު ނިމިފައެވެ. އެހެން ނަމަވެސް އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކޯވިޑް 19 ގެ ސަބަބުން އެގައުމުގައި ބަންދު ކުރި ސިނަމާތައް އަލުން ހުޅުވި ދުވަހަކުންނެވެ.
ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ލަކްޝީ ބޮމް ރިލީޒް ކުރަން ނިންމީ އެދުވަހަކީ އަކްޝޭގެ އުފަން ދުވަސް ކަމަށް ވުމުން އެކަމުގެ އުފަލުގައި އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ހަދިޔާއެއް ދިނުމުގެ ގޮތުންނެވެ.