ތިލަފުށީ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ތިލަފުށީ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 10 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި މި މަޝްރޫޢުގެ ތެރެއިން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް މަސައްކަތް ނިމުމާއެކު ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމުގެ މަސައްކަތުގެ 15 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ހަމަކުރެއެވެ.
މި މަޝްރޫއު އެއްކޮށް ނިމޭއިރު ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް ތަރައްޤީކޮށް ފެން ރައްކާކުރާ ތަނެއް ވެސް ގާއިމުކުރާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.ޕްލޭނިން މިނިސްޓްރީން 8.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލު ކުރީ މަސައްކަތެކެވެ.