އަންނަ ނޮވެމްބަރުމަހާއި ޑިސެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް (ސީއޭއީ،ސީޕީއީ،ކެޓް،ޕެޓް،އެފްސީއީ) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރަން ފަށައިފިއެވެ.
މި ގޮތުން މި އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޫބަރުމަހުގެ 08 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން މިއަދު ވަނީ ބުނެފައެވެ.
އަދި ފައިސާ ނަގާނެގޮތުގެ ތަފްސީލު އެ ޑިޕާޓްމަންޓުން ލިބެންހުންނާނެކަމަށް ވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވަނީ ބުނެފައެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނިގޮތުގައި ފޯމު ދޫކުރުމާއި ފޯމު ޗެކުކުރުމުގެ އިތުރުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 13:30 އާއި ހަމައަށެވެ.
މި ގޮތުން ފޯމު ހުށަހަޅާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންދަންވާނެކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ. އަދި އެޕްލިކޭޝަން ފޯމާއި ފީޝީޓު އެ ޑިޕާޓްމަންޓުންނާއި އެ ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެކަމަށް ވެސް ވަނީ ބުނެފައެވެ.