އެމެރިކާއިން ޗައިނާއަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން، އެ ޤައުމުގެ މޯބައިލް އެޕުތައް ބޭނުންކުރުން މަނާކުރުމަށް ގޮވާލިގޮވާލުމުގައި މަނާ ކުރި ވީ ޗެޓު މަނާކުރުން އެމެރިކާގެ ޖަޖެއް ހުއްޓުވައިފިއެވެ.
އެމެރިކާ ސަރުކާރުން އާދިއްތަ ދުވަހު މަނާ ކުރުމަށް ނިންމާފައިވާ ނިންމުން ފެށުމަށް ގަޑިއިރުތަކަކަށް ވެފައިވަނިކޮށް، މި ޖަޖުވަނީ ސަރުކާރުގެ އެންގުން މަޑުކުރުމަށް އަންގާފައެވެ. އެމެރިކާގެ ރައީސް ޓްރަމްްޕްގެ އެޑްމިނިސްޓްރޭޝަންއިންވަނީ ޗައިނާގެ ދެ އެޕެއް ކަމަށްވާ ޓިކްޓޮކް އަދި ވީ ޗެޓު ބޭނުންކުރުން މަނާ ކުރުމަށް އަންގާފައެވެ.
ކެލިފޯނިޔާގެ މި ޖަޖުގެ ނިންމުމުގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ބެހޭ ގޮތުންނެވެ. ޓްރަމްޕްގެ ނިންމުމާއި އެއް ގޮތަށް ކަންވެއްޖެ ކަމުގައި ވާ ނަމަ ގިނަ ބަޔަކު ދެކޭ ގޮތުގައި އެމެރިކާގެ ގިނަ ބަޔަކު ބޭނުން ކުރާ މި އެޕު އިތުރަށް މައްސަލަޖެހި ބޭނުން ކުރުމުމަށް އުނދަގޫވާނެ އެވެ.
ޓެންސެންޓްގެ މި އެޕު ބޭނުންކުރާ، 19 މިލިޔަން މީހުން އެމެރިކާގައި މިވަގުތު އެބަ ތިއްބެވެ.