ޕްރިމިއަރ ލީގުގައި ޗެލްސީ އަަދި ލިވަޕޫލު ކުޅުނު މެޗު، ޗެލްސީ ހުއްޓުވައި ލިވަޕޫލް މޮޅުވެއްޖެއެވެ.
މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހަމަހަމަ ކުޅުމެއް ދެޓީމުން ފެނިގެން ދިޔަ އިރު ލިވަޕޫލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. މި ގޮތުން އެ ޓީމުގެ ކުރިއަށް ކުޅޭ ހުރިހާ ކުޅުންތެރިންހެން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޗެލްސީގެ ފަހަތަށް ކުޅޭ ކްރިސްޓެންސަންއަށް ވަނީ ލިވަޕޫލުގެ މާނޭއަށް ގޯލު ޖެހުމަށް ހުސްކޮށް ލިބުނު ފުރުސަތަކަށް ހުރަސް އެޅުމުގެ ސަބަބުން ރަތް ކާޑެއް ދައްކާފައެވެ. ރެފްރީ މި ކާޑު ދައްކާފައި ވަނީ ވީޑިޔޯ އެސިސްޓެންސް ރެފްރީ ގެ އެހީތެރިކަމަށްފަހުއެވެ.
މެޗު ދެވަނަ ހާފު ފަށައިގެން ލިވަޕޫލް މޮޅަށް ކުޅެ އެ ޓީމުގެ ފުރަތަމަ ގޯލު ޖަހާފައި ވަނީ ފިރްމީނޯ ނަގައިދިން ބޯޅަ އަކުން މާނޭ އެވެ. ދެވަނަ ގޯލު، ޗެލްސީގެ ގޯލު ކީޕަރު ކެޕާ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާނަގައި ކާމިޔާބުކޮށްފައިވަނީވެސް މާނޭ އެެވެ.
މި މެޗަށްފަހު، ޕްރިމިއަރ ލީގުގެ ތާވަލުގައި 3 ވަނައަށް ލިވަޕޫލުވަނީ ޖެހިލާފައެވެ.