ށ.ފުނަދޫ ކޮވިޑް-19 ފެސިލިޓީގައި ފަރުވާދެމުންއައި 02 މީހަކު ރަނގަޅުވުމުން މިއަދު އެ ދެ މީހުން ދޫކޮށްލައިފިއެވެ.
ފުނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމަށްފަހު މިއަދު ދޫކޮށްލާފައިވަނީ ނ.މާޅެންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި 02 މީހުންނެވެ.
މި މަހުގެ 13 ވަނަ ދުވަހު އެ ފެސިލިޓީއަށް ގެންގޮސް ފަރުވާދެމުންއައި 02 މީހުން މިއަދު ދޫކޮށްލާފައިވާއިރު މިހާތަނަށް އެ ފެސިލިޓީ 04 މީހުންނަށް ފަރުވާދީފައިވެއެވެ.
ރާއްޖޭގެ އުތުރުގެ ޒޯނުގެ ރަށްތަކަށް ޚާއްސަކޮށްގެން ޤާއިމުކޮށްފައިވާ ފުނަދޫ ފެސިލިޓީގައި 20 އައިސީޔޫ އެނދު ހުންނައިރު 37 އައިސޮލޭޝަން އެނދުހުރެއެވެ.