މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޤާނޫނީ ވަކީލުންނަށް ޖަލުތަކަށް ޒިޔާރަތްކުރައްވައި ޤައިދީންނާއި ބަންދު މީހުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސާފަައިވާކަމަށް މޯލްޑިވްްސް ކަރެކްޝަން ސަރވިސް އިން ބުނެފިއެވެ.
ޤާނޫނީ ވަކީލުން ޖަލުތަކަށް ޒިޔާރަތްކޮށް ޤައިދީންނާއި ބަންދު މީހުންނާއި ބައްދަލުކުރުން, މެދުކަނޑައިލާފައިވަނީ ކޮވިޑާއި ގުޅިގެންނެވެ.
ކަރެކްޝަން ސަރވިސްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޤާނޫނީ ވަކީލުންނަށް ޖަލުތަކަށް ޒިޔާރަތްކުރައްވައި ޤައިދީންނާއި ބަންދު މީހުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސާފަައިވާ ކަމަށެވެ.
އެ ގޮތުން މާފުށީ ޖަލާއި އައްސޭރި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން އެޗްޕީއޭއިން ނަގަންޖެހޭ ހުއްދަ ނަގަންޖެހޭނީ އެ ފަރާތަކުން އަމިއްލައަށްކަމަށާއި ޖަލަށް ޒިޔާރަތްކުރުމުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަރެކްޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އޭގެ އިތުރުން ވީޑިއޯ ކޯލާއި ފޯނު ކޯލު މެދުވެރިކޮށް ޤާނޫނީ ވަކީލުން ޤައިދީންނާއި ބަންދު މީހުންނާއި ބައްދަލުކުރުމުގެ ކަންކަން އުސޫލުގެތެރެއިން ހަމަޖެހޭނެކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް އެއްވެސް ޖަލަކުން ކޮވިޑުގެ ކޭސްއެއް ފެނިއްޖެނަމަ ބައްދަލުވުންތައް މެދުކަނޑައިލަން ނިންމާފައިވާކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.
އެހެންކަމުން “ޤާނޫނީ ވަކީލުންނާއި ބައްދަލުވުން ހަމަޖެއްސުމާގުޅޭ އުސޫލު“ އާއި އެއްގޮތަށް ފޯމު ފުރިހަމަކުރުމަށް ކަރެކްޝަނަށް މެއިލްކުރަން ވަނީ އެދިފައެވެ.