ޓްރަމްޕްގެ ކެމްޕޭން މެނޭޖަރު މިދިޔަ އިންތިޚާބުގައި ޓްރަމްޕްއަށް ވޯޓު ނުލާ ކަމަށް ހާމަވެއްޖެއެވެ. އަދި މަޢުލޫމާތު ލިބޭ ގޮތުގައި އޭނާ އެއްވެސް ވަރަކަށް ވޯޓު ލާފައި ނުވާ ކަމަށްވެސް ރެކޯޑުތަކުން ދައްކައެވެ.
ބިލް ސްޓީޕިއެން އެންމެ ފަހުން ވޯޓު ލާފައި ވާ ކަމަށް އާންމު ރެކޯޑުތަކުން ދައްކަނީ 2015 ވަނަ އަހަރު އޭނާ ނިއު ޖާރޒީގައި އުޅުނު ދުވަސްވަރު އެތަނުގައި ރަޖިސްޓްރީވެގެންނެވެ.
ސްޓީޕިއެން މިފަހަރު ރެޖިސްޓަރ ވެފައި ވަނީ ވޮޝިންގްޓަންގައިއެވެ. މިއީ އޭނާ 2017 ވަނަ އަހަރުން ފެށިގެން އުޅެމުން އަންނަ ތަނެވެ. ސްޓީޕިއެން އަކީ މީގެ ކުރިން ނިއު ޖާރޒީގެ ގަވަރުނަރަކާއި އެކީގައި މަސައްކަތް ކުރި މީހެކެވެ. އަދި ޓްރަމްޕްގެ ޓީމުގައި އޭނާ ހިމެނުނ2016 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އަދި އޭގެ ފަހުން އޭނާ އަކީ ޓްރަމްޕްގެ ޓީމުގެ އިސް މެންބަރެއްވެސް މެއެވެ.
އޭނާ 2018 ވަނަ އަހަރުގެ މިޑް އިލެކްޝަންގައިވެސް ވޯޓު ލާފައެއް ނުވެއެވެ. އަދި މީގެ ކުރިން، އޮތް އިތުުރު ބައިވަރު އިލެކްޝަންތަކުގައި އޭނާ ބައިވެރި ނުވާކަން މިހާރު ވަނީ ފާހަގަވެފައެވެ.
މިކަމާ ގުޅިގެން އޭނާ އަދި ޓްރަމްޕްގެ ޓީމުގެ އެއްވެސް މެންބަރަކު އެއްޗެއް ބުނެފައި ނުވާ އިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާ ވެސް ޓްރަމްޕްއަށް ވޯޓު ލުމަށް އިތުރު މަސައްކަތެއް މީގެ ކުރިންވެސް ކޮށްފައެއް ނުވެއެވެ.