ގދ.ފަރެސްމާތޮޑާއިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިކަމާއި ގުޅިގެން ފަރެސްމާތޮޑާ ހޮސްޕިޓަލުން މިރޭ ބުނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މީހާގެ ޓެސްޓު ހަދައި ލިބުނު ނަތީޖާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި ގޮތުން ޕޮޒިޓިވްވެފައިވަނީ ޢުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފަރެސްމާތޮޑާ ހޮސްޕިޓަލުން ބުނެއެވެ.
މި ފިރިހެން މީހާގެ އިތުރުން މީގެކުރިން ވެސް ވަނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެފައެވެ.
ފަރެސްމާތޮޑާ ހޮސްޕިޓަލުން ބުނިގޮތުގައި އަލަށް ފެންމަތިވި ކޭސްއާއި ގުޅިގެން ވަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައެވެ.
މި ގޮތުން މިހާތަނަށް އޭނާއާއި ކޮންޓެކްޓްވެފައިވާ 06 މީހަކު ފާހަގަކުރެވިފައިވާކަމަށް ވެސް އެ ރަށު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.