ވެކްސިން ގަތުމަށް 10 ގައުމަކުން ރަޝިޔާއާއެކު އެއްބަސްވެއްޖެއެވެ.
އޭޝިއާގެ އިތުރުން ދެކުނު އެމެރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުން ރަޝިޔާއިން އުފައްދެއްދި ކޯވިޑް ވެކްސިން ”ސްޕުޓްނިކް ވީ“ ހޯދުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވޯލް ސްޓީޓް ޖާނަލް އިން ހާމަކޮށްފިއެވެ.
ހައިދްރަބާދުގައި ހުންނަ ޑރ. ރެޑީ އިން ރަޝިޔާގެ ވެކްސިން އުފައްދާ ކުންފުންޏާއެކު ވެކްސިންގެ ފަހުގެ މަރުހަލާތަކުގެ ޓެސްޓުތަކުގައި ބައިވެރިވުމުގެ އިތުރުން އިންޑިޔާއަށް 100 މިލިއަން ވެކްސިން ޑޯޒް ގަތުމަށް އެއްބަސްވެފައެވެ.
އިންޑިޔާގެ އިތުރުން ބްރެޒިލް، ސައުތު އެފްރިކާގެ އަދި މެކްސިކޯ އާއި ސައުދީ އަރަބިއްޔާ ވެސް ހިމެނެއެވެ.
މިހާތަނަށް އެކި ޤައުމުތަކުން 1.2 ބިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް އޮޑަރު ލިބިފައިވާ ކަމަށް ރަޝިޔާއިން ބުނެއެވެ.
ރަޝިޔާ އިން އުފެއްދި ވެކްސިން އަކީ ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑު ވެކްސިންގެ ގޮތުގައި ބޭނުން ކުރުމަށް ހުއްދަ ލިބުނު ވެކްސިންނެވެ.