މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަނުގައި 233 ތަނެއް އިންސްޕެކްޓްކޮށްފައިވާ ކަމަށާއި އުސޫލާއި ޚިލާފުވި ފިހާރައެއް ބަންދުކޮށްފައިވާކަމަށް އެޗްއީއޯސީން ބުނެފިއެވެ.
ހޯމަދުވަހުގެރޭ އެޗްއީއޯސީގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަނުގައި 233 ތަނެއް އާދިއްތަ ދުވަހު އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އުސޫލާއި ޚިލާފުވެގެން ފިހާރައެއް ބަންދުކޮށްފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ މި ފަހަރު ތަންތަން އިންސްޕެކްޓްކުރިއިރު ހުރީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް ކަމަށެވެ. އަދި ކުރިއަށްއޮތް ދެ ހަފުތާގެތެރޭގައި މާސް އިންސްޕެކްޝަން ނިންމައިލެވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭއިން މި އިންސްޕެކްޝަން ކުރިއަށް ގެންދާއިރު ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓްކުރަން ވަނީ ނިންމާފައެވެ.