ދ.ކުޑަހުވަދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.
މި ކަން ހާމަކޮށް ކުޑަހުވަދޫ ކައުންސިލުން ބުނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މި ކަމާއި ގުޅިގެން ”ދި ޑެއިލީ“ އަށް މަޢުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލުގެ ރައީސް އަޙްމަދު ޝާމް ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުރި މީހާއަކީ މެދު ޢުމުރުގެ ފިރިހެނެއްކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދު ކަމަށެވެ. އަދި އެ މީހާގެ ޙާލު ރަނގަޅުކަމަށް ވެސް ޝާމް ވިދާޅުވިއެވެ.
މި ގޮތުން މި ކޭހާއި ގުޅިގެން ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި މާސްކް އެޅުމަށް ސަމާލުކަންދިނުމަށް ކުޑަހުވަދޫ ސޯޝަލް ސަޕޯޓް ޑެސްކުން ވަނީ ބުނެފައެވެ.