މި މަހުގެ 30 ވަނަ ދުވަހު ސީޕްރިއާ އެއާ އެންޑް ހޮލިޑޭސްއިން އިންޑޮނޭޝިއާ އާއި ރާއްޖެއާ ދެމެދު ޗާޓަރު ފްލައިޓެއް ބާއްވަން ހަމަޖައްސައިފިއެވެ.
ރާއްޖެ އަންނާނީ އިންޑޮނޭޝިއާގެ ގަރޫޑާ އިންޑޮނޭޝިއާގެ ފްލައިޓެއް ކަމަށާއި އެ ފްލައިޓު ރާއްޖެ އަންނަނީ އިންޑޮނޭޝިއާގެ ދެ މަންޒިލަކުން މީހުން ގޮވައިގެން ކަމަށެވެ. އަދި ރާއްޖެ އައުމަށްފަހު ރާއްޖެއިން މީހުން ގޮވައިގެން އިންޑޮނޭޝިއާގެ 2 މަންޒިލަކަށް އެ ފްލައިޓު ދަތުރުކުރާނެ ކަމަށް ސީޕްރިއާ ސީނިއާ ސުޕަވައިޒަރު ވިދާޅުވިއެވެ.
ޓިކެޓު ބުކް ކުރުމަށް 9657990 ނަންބަރަށް ޕާސްޕޯޓުގެ ފޮޓޯއެއް ވައިބާ ކުރުން ނުވަތަ، reservation@cypreaairandholidays.com އަށް މެއިލް ކުރުމަށް ސީޕްރިއާ އެދެއެެވެ.
ޓިކެޓްގެ އަގުތަށް:-1- މާލެއިން ޑެންޕާސާ ބާލީ، 905 އެމެރިކާ ޑޮލަރު2- މާލެއިން ޖަކާޓާއަށް، 780 އެމެރިކާ ޑޮލަރު3- ޑެމްޕާސާ ބާލީއިން މާލެއަށް، 955 އެމެރިކާ ޑޮލަރު4- ޖަކާޓާއިން މާލެއަށް، 880 އެމެރިކާ ޑޮލަރަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުން ނަމަ 3310111 ނުވަތަ 3345033 ނަންބަރު ފޯނުން ލިބޭނެއެވެ. ކޮންމެ ފަސިންޖަރަކަށް ލަގެޖުގެ ގޮތުގައި 30 ކިލޯ ލިބޭ މި ދަތުރުގެ ޓިކެޓް ގަތުމުގެ ފުރުޞަތު މިހާރު ހުޅުވާލައިފައެވެ.