28 ދިވެހިންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 48 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނީ ހޯމަ ދުވަހުގެ 18:00 އިން ފެށިގެން މިއަދުގެ 18:00 އާއި ހަމައަށް އިތުރު 48 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.
މި ގޮތުން ޕޮޒިޓިވްވެފައިވަނީ 28 ދިވެހިންނާއި 20 ބިދޭސީންކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ 47 މީހުންނާއި އަތޮޅުތަކުގެތެރެއިން ޕޮޒިޓިވްވި އެކަކުކަމަށް އެޗްޕީއޭއިން ވަނީ ބުނެއެވެ. އެޗްޕީއޭއިން މިހެން ބުނެފައިވާއިރު ކުޑަހުވަދޫން މިއަދު ވަނީ މީހަކު ޕޮޒިޓިވްވެފައެވެ.
އެހެންކަމުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިހާރު 9818 އަށް އަރާފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ ބަލިޖެހުނު މީހުންގެތެރެއިން އިތުުރު 47 މީހުން ރަނގަޅުވެފައިވާކަމަށް ވެސް ބުނެފައެވެ. އެހެންކަމުން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 8438 އަށް އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ގޮތުން މިހާރު ފަރުވާދެމުން އަންނަނީ 1340 މީހުންނަށްކަމަށާއި އަދި އެ މީހުންގެތެރެއިން 92 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިހާރު 9818 އަށް އަރާފައިވާއިރު 23 ރަށެއްގައި މިހާރުވެސް ބަލި މީހުން އެބަ ތިއްބެވެ.
އޭގެ އިތުރުން 25 ރިސޯޓަކުން 16 ފަތުރުވެރިންނާއި 34 ސްޓާފުންނަށް ވަނީ ކޮވިޑްޖެހިފައެވެ.
ރާއްޖެއިން މި ބަލި ޖެހިގެން މިހާތަނަށް 34 މީހަކު ވަނީ ނިޔާވެފައެވެ.