ބޭންކް އޮފް މޯލްޑިވްސް ކޯވިޑާ ރިކަވަރީ ލޯނު ސްކީމުގެ ދަށުން ބޮޑެތި ވިޔަފާރިތަކަށް 526.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.
މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 371 ވިޔަފާރިއަކަށް 7.5 މިލިއަން ޑޮލަރުގެ ލޯނާއި 526.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 566 ވިޔަފާރިއަކުން ހުށަހަޅައިފައިވާއިރު މިހާތަނަށް 405 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވެއެވެ. ލޯނަށް ހުށަހެޅި 18 އެޕްލިކޭޝަނެއް ރިޖެކްޓްވިއެވެ.
ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ކޯވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލުން ލޯނު ދޫކުރާ އިރު ރިސޯޓު ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.
ބީއެމްއެލުން ދޫކުރާ ލޯނަކީ ވެސް 6 ޕަސެންޓް އިންޓްރެސްޓްގައި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 3 އަހަރުން ދައްކަން ޖެހޭ ލޯނެކެވެ.