ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 11 ޕަސެންޓް ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 10 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ހަމަކުރެއެވެ.
ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 9000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށާއި 377 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ޖެހުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން 600 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ޖެހުމާއި ނެރު ބައްތި ހަރުކޮށް، މޫރިންގް ބުއޯއި ބެހެއްޓުމުގެ މަސައްކަތް ވެސް އެޕްރޮޖެކްޓްގައި ހިމެނޭކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢު އަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު 21.97 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަ މަޝްރޫއެކެވެ.