ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން(އީސީ) އިން ވަނީ ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނަށް ގެނައުމަށް އިސްލާހުތަކެއް އެކުލަވާލައިފައެވެ.
އެ ގޮތުން އެ ކޮމިޝަނުން ހުށަހަޅާ އިސްލާހުތަކަށް އެމްޑީޕީގެ މެންބަރުނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މެންބަރުންގެ ޚިޔާލުތައް ފޮނުވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
އެހެންކަމުން ޚިޔާލު ފޮނުވުމަށް ބޭނުންވާ އެ ޕާޓީގެ secretariat@mdp.org.mv މެއިލް ކުރުމަށް އެމްޑީޕީން ވަނީ އެދިފައެވެ.