މާލެ ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާއަށް އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މ.ތޮއިބާ މިސްކިތްކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާކަމުގެ މަޢުލޫމާތު ވަނީ މިރޭ 20:45 ހާއިރު ފުލުހުންނަށް ލިބިފައެވެ.
މި މާރާމާރީއާއި ގުޅިގެން ފުލުހުން ވަނީ ހާދިސާ ހިނގި ސަރަހައްދުން 19 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައެވެ. މަޢުލޫމާތު ލިބުނުގޮތުގައި ހަމަލާދީގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާއާއި ދެބެންގެދެދަރި ޒުވާނެކެވެ.
އޭގެ އިތުރުން ފުލުހުން ވަނީ ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަޢުލޫމާތު ލިބުނު ގޮތުގައި ޒަޚަމްވި ޒުވާނާގެ ކަރަށް ވަނީ ވަޅިއެއް ހަރާލާފައެވެ. އަދި އެ ވަގުތު އެ މީހާ އަމިއްލައަށް ވަޅި ދަމައިގަތްކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.