އެމެރިކާ ސަރުކާރުގެ ”ޔޫއެސް އެއިޑް“ ގެ ދަށުން ރާއްޖެއަށް 60 ވެންޓިލޭތަރު ހަދިޔާ ކޮށްފިއެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވި ރަސްމީޔާތެއްގައި ވެންޓިލޭޓަރު ތަކާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެ އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުލްރައްޒާގެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން ހަދިޔާ ކުރި ވެންޓިލޭޓަރުތައް ރާއްޖެއާއި ހަވާލު ކުރެއްވީ، އެމެރިކާ އިން ދިވެހިރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަަލައިނާ ޓެޕްލީޓްޒްއެވެ.
ކޯވިޑް 19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް މިއަދު 60 ވެންޓިލޭޓަރު އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައި ވާއިރު މީގެ ކުރިންވެސް އެމެރިކާއިން ވަނީ ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީ އެއްވެސް ދީފައެވެ. މިއަދު ބޭއްވި ރަސްމީޔާތުގައި ރާއްޖޭގެ ފަރާތުން ވެންޓިލޭޓަރު ތަކާއި ހަވާލު ވުމަށްފަހު ސަފީރު އުމަރު އަބްދުލްރައްޒާގު ވިދާޅުވީ އެމެރިކާ އަކީ އަބަދުވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީ ތެރިވާ ގައުމެއް ކަމަށާއި، ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް ގުޅުން އިތުރަށް އޮތް ދުވަސްތަކުގައި ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިއަދު ބޭއްވުނު ރަސްމީޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވީ އޮންލައިން ކޮށެވެ.