މޯލްޑިވްސް މީޑިއާ ކައުންސިލު(އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމުގެ 11 ދާއިރާއަށް 80 ހުށަހެޅުން ހުށަހަޅާފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.
މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލީ މި މަހުގެ 10 ވަނަ ދުވަހުގައެވެ.
ނަމަވެސް މިއަދު ވަނީ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ފުރުސަތުގެ މުއްދަތު ހަމަވެފައެވެ.
މި އަހަރުގައި ނޫސްވެރިކަމުގެ އިނާމަށް އެންމި ގިނައިން ހުށަހަޅައިފައިވަނީ ފީޗާ/ރިޕޯޓް ކެޓަގަރީންކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ. މި ގޮތުން އެ ކެޓަގަރީއަށް 29 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެއެވެ.
އޭގެ އިތުރުން އިޖުތިމާޢީ ތާރީޚާއި ސަޤާފަތް ފަންނުވެރިކަމާއި ތިމާވެށްޓާއި ދެމެހެއްޓެނެވި ތަރައްޤީއާއި ސިޔާސީ ދާއިރާއާއި ޝަރުއީ އަދި ޤާނޫނީ ދާއިރާއާއި ވިޔަފާރިއާއި އިޤުތިޞާދާއި ފޮޓޯ ޖާރނަލިޒަމާއި ވީޑިއޯ ޖާރނަލިޒަމާއި
އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް އެކި ފަރާތްތަކުން ކުރިމަތިލާފައިވާ ކަމަށްވެސް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.