ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ނަރުދަމާ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ކުރިޔަށް ގެންދަނީ ސަރުކާރުގެ ފެންކުންފުނި އެމްޑަބްލިއުއެސްސީ އިންނެވެ. އެ މަޝްރޫއު ފައްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން އަހުމަދު މައުސޫމް އަދި މެނޭޖިން ޑިރެކްޓަރ ހަސަން ޝާހުއެވެ.
ހިޔާ މަޝްރޫއުގެ ދަށުން 16 ޓަވަރެއް ތަރައްޤީކޮށްފައި ވާއިރު އެތަންތަނަަށް 580 ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވެއެވެ. އެ ޓަވަރުތަަކަށް 11،003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކަކާއި، 283 މޭން ހޯލް އާއި 2 ޕަންޕިންގް ސްޓޭޝަން ގާއިމް ކުރާނެއެވެ.
މީގެކުރިން އެމްޑަބްލިއުއެސްސީން ވަނީ އެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލު ކޮށްފައިވާ ކަމަށް ހަމަކުރިއެވެ.